ކޮވިޑް19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު ދެ މީހަކު ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ 20 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ރާއްޖެގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މާޗުމަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދިވެއްސަކަށް ބަލި ޖެހުނީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

މިިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭގައި ކޮމިޔުނިޓޯ ސްޕްރެޑެއް ފެތުރެން ފެށިފަހުން މިހާތަނަށް 552 މީހަކު ވަނީ ޕޮޒިިވް ވެފައެވެ.

މިހާތަނަށް ޖުމްލަ 573 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ކޮވިޑު ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެފައެވެ.