ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކުރާ ވެބް ސީރީޒްް "ޕާޓަލް ލުކް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އެމެޒަން ޕްރައިމުން ގެނެސްދޭ އެ ސީރީޒްގެ ޓްރެއިލާ އާންމުކުރުމާއެކު އެ ސީރީޒްގެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި މަހު 15 ވަނަ ދުވަހު ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ އެ ސީރީޒްއަކީ ތްރިލާ ޖޯންރާގެ ސީރީޒެކެވެ.

ވެބް ސީރީޒް ޑައިރެކްޓްކުރަނީ "އެންއެޗް10" އާއި ސުދިޕް ޝަރުމާ ގުޅިގެންނެވެ. ފިލްމުގެ ޓީޒާއެއް މިހާރު ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު އަނުޝްކާ ބުނީ މި ސީރީޒް އަކީ ވަރަށް ތަފާތު ސަޅި ސީރީޒެއްކަމަށެވެ. އަދި އެހެނިހެން ސީރީޒްތަކާއި މި ސީރީޒް ވަރަށް ބޮޑުތަން ތަފާތުވާނެ ކަމަށެވެ.

"ޕާޓަލް ލޮކް" އަކީ ދިއްލީގައި ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޝަން ޑްރާމާއެކެވެ. ސީރީޒްގެ ދެވަނަ ސީޒަނެއްވެސް އަންނާނެ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.