އިތުރު 16 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 573 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި 16 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހެއްގެ އިތުރުން ސްރީލަންކާ މީހެއް ކަމަށެވެ.

މިއާއެކު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 24 މީހެކެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ކޭސް ފެނިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ދެ މީހަކު މަރުވެފައިވެއެވެ. ރާއްޖެއިން މިހާތަނަށް 18 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.