05 May 2020, 19:22
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ 'އަރަފާ' ބޯޓު ދިޔަވަމުން ދާތީ އެމްއެންޑީއެފް އިން އެހީތެރިވަމުން އެބަދެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ، ލ. ވަޑިނޮޅު ކަނޑުން ހަ މީހުންނާ އެކު ދަތުރު ކުރަމުންދާ ބޯޓެއް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:45 އެހައިކަންހާއިރު ކަމަށާއި އެ ބޯޓަށް އެހީތެރިވުމަށް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) 'ސަން' އަށް ވިދާޅުވީ، އެ ބޯޓް ދަތުރު ކުރަމުންދިޔައީ ތ. ގުރައިދު އިން ހައްދުންމައްޗަށް ކަމަށެވެ. ބޯޓުގައި މައިގަނޑު ގޮތަކަށް ހުންނާނީ ސިމެންތިއާއި ކަބޯތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ.