05 May 2020, 12:11
މިއަދުގެ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ފެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ބުނެފައިވަނީ މިއަދުގެ 11:30 އާ ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވް އާ ހަ ކޭސް ފެނިފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ފަސް ދިވެހީންނާއި ބަންގްލަދޭޝް މީހެއް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަލަށް ފެނުނު ހަ ކޭސް އާއެކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 557 އަށް އަރާފައެވެ.
އިއްޔެ އެ ވައިރަސް އަށް ވަނީ 24 މީހަކު ޕޮޒިޓިވް ވެފައެވެ.
މިހާނަތައް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.
އަދި އެ ވައިރަސް ޖެހި އެ ވައިރަސް އިން 18 މީހަކު ވަނީ ރާއްޖެއިން ރަނގަޅު ވެފަ އެވެ.