05 May 2020, 12:49
އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރު ބިދޭސީންގެ ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށްފި އެވެ.
އެ ސެންޓަރަކީ އެޗްޑީސީން ވަރަށް ފަހުން އިމާރަތްކޮށް ނިންމި ތަނެކެވެ.
ގާތްގަނޑަކަށް 667 އެނދުގެ ޖާގަ ހުންނަ އެ ފެސިލިޓީގައި ފާހަނާބަރިއަކާއި ފެންވަރާ ސަރަހައްދެއް ވަކިން ހުރެ އެވެ.

އެޗްޑީސީ ޑިސްޓްރިބިއުޝަން ސެންޓަރު މިހާރު ބިދޭސީންނަށް ހާއްސަ ކަރަންޓީނު ފެސިލިޓީއަކަށް ވަނީ ބަދަލުކޮށްފައި-- ފޮޓޯ/އެޗްޑީސީ
އެޗްޑީސީން ބުނީ އެ އިމާރާތް ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކޮށްފައިވަނީ 10 ދުވަހުގެ މަސައްކަތުން ކަމަށެވެ.
ފާހާނާބަރި އެޅުމުގެ މަސައްކަތަކީ ފިޑޯ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރި މަސައްކަތެއް ކަން ފާހަގަކޮށް އެޗްޑީސީން ވަނީ އެކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.