ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެނާއަށް ފިޓު ޖެހުމުގެ ގޮތްތަކެއް ދިމާވި ކަމަށާއި އޭނާގެ ހާލަތު ސީރިއަސް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން އެޗްޕީއޭ އިން ބުނި ގޮތުގައި ކޮވިޑަށް ހާއްސަ ފަރުވާ ދެމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ހަ މީހަަކު ވަނީ އެޑްމިޓްކޮށްފައެވެ. އަދި އޭގެ ތެރެއިން ތިން މީހެއްގެ ހާލު ރަނގަޅު ނޫން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 551 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ގިނަ މީހުންނަކީ، ބަންގްލަދޭޝް މީހުންނެވެ.