22 Dec 2011, 14:20
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް އަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވިއްކާލުން ކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
އޭސީ މިލާނަށް ވިޔަސް އެހެން އެއްވެސް ކުލަބަކަށް ވިޔަސް ޓެވޭޒް ލޯނުގެ ދަށުން ދޫނުކުރާނެ ކަމަށް ވެސް މަންޗިނީ ބުންޏެވެ.
އިނގިރޭސި ވިލާތަށް އެނބުރި ނާންނާނެ ކަމަށް ބުނި ޓެވޭޒް އަދިވެސް ހުރީ އާޖެންޓީނާގަ އެވެ. އުމުރުން 27 އަހަރުގެ ޓެވޭޒާއި މެންސިޓީ އާއި ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދިފައި ވެއެވެ. މިމައްސަލަ ބޮޑުވީ ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ޓެވޭޒް ދެކޮޅު ހެދި ހިސާބުން ނެވެ.
"ޓެވޭޒް އަށާއި އަހަރެމެން ރަނގަޅު ހައްލެއް ފެނޭތޯ އުންމީދުކުރަން. އަހަރެމެން ބޭނުން ޓެވޭޒް އެނބުރި ފުޓުބޯޅަ ކުޅެން. މިވަގުތު އޮތް އެންމެ ރަނގަޅު ހައްލަކީ ޓެވޭޒް ވިއްކާލުން. އަހަރެމެންނަށް އޭނަ އެއް ލޯނަކަށް ދުލެއް ނުކުރެވޭނެ." ޓެވޭޒް ބުންޏެވެ.
ޓެވޭޒް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ކުލަބަކީ އޭސީ މިލާނެވެ. ނަމަވެސް މިލާނުން ޓެވޭޒް ހޯދުމަށް މަސައްކަތް ކުރީ ލޯނުގެ ދަށުން ގެނައުމަށެވެ. ޕީއެސްޖީ އަދި ޔުވެންޓަސް އިން ވެސް ޓެވޭޒް ބޭނުންވާކަމުގެ އިޝާރާތެއް ކޮށްފައި ވެއެވެ.