އިތުރު 6 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 551 އަށް އަރައިފިއެވެ.

ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 11:45އާ ހަމައަށް އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 24 އެވެ.

ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ބަންގްލަދޭޝް މީހުންނާއި ފަސް ދިވެހިންނެވެ.

މިހާނަތައް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަށްވުރެވެސް ގިނަ ކޭސްތައް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވިއެވެ. އަދި މިއަދު ރައީސް އިބްެރާހިމް މުހައްދު ސޯލިހް ދެއްވި ހިތާބުގައިވެސް އެކަން ފާހަގަ ކުރަށްވާ ކުރިއަށް އޮތް ދެ ހަފްތާައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާތަނަށް މި ވައިރަސް ޖެހިގެން ރާއްޖެއިން ރަނަގަޅުވެފައި ވަނީ 18 މީހުންނެވެ.