ރާއްޖޭގެ ލީޑިން ކޮލެޖުންކަމަށްވާ މައިކޮލެޖުން، ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ކަމަށްވާ ފިޔަވައްޗަށް ސެނެޓައިޒާ ހަދިޔާކޮށްފިއެވެ.

މައިކޮލެޖުން ބުނީ ކޮވިޑް-19 އާާ ދެކޮޅަށް ކުރާ ހަނގުރާމަޔާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރިތަކެތި ކަމަށެވެ. އަދި ކޮވިޑްއާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއެކު ތިބޭނެކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

އަދި ކޮމިއުނިޓީއަށް ހިދުމަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް މައިކޮލެޖުން ވަނީ ދީފައެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 100 އަށް ވުރެ ގިނަ ކުދިން ތިބެއެވެ. އެއީ މުޅިންވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނެވެ.

މިއަދު ހަދިޔާ ކުރި ތަކެއްޗަކީ ކޮވިޑްއާ ގުޅިގެން އެހީތެރިވުމަށް އެ ކޮލެޖުން ހިންގާ ފޭސް އެކެއްގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

ފޭސްއެކެއްގެ ދަށުން މިދިޔަ މަހު ފަހުކޮޅު މައިކޮލެޖުން ވަނީ ސެނެހިޔާ ހޮސްޕިޓަލްއަށްވެސް ސެނެޓައިޒާ ހަދިޔާކޮށްފައެވެ.