އިތުރު 4 މީހަކު ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 545 އަށް އަރައިފިއެވެ.

މިއަދު ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ރާއްޖެއިން އެހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 441 ކަމަށެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެއިންއީސޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާރު ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ޖުމްލަ އަދަދު 545އަކަށް އަރާފައިވާ ކަމަށެވެ.

މިއާއެކު މިއަދު މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދަކީ، 14 އެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެއަށްވުރެވެސް ގިނަ ކޭސްތައް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވިއެވެ. އަދި މިއަދު ރައީސް އިބްެރާހިމް މުހައްދު ސޯލިހް ދެއްވި ހިތާބުގައިވެސް އެކަން ފާހަގަ ކުރަށްވައި ކުރިއަށް އޮތް ދެ ހަފްތާގައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާތަނަށް މި ވައިރަސް ޖެހިގެން ރާއްޖެއިން ރަނަގަޅުވެފައި ވަނީ 18 މީހުންނެވެ.