މި ދުވަސްވަރަކީ ހުރިހާ އެންމެން ވެސް ގޭގައި ތިބޭ ދުވަސްވަރެކެވެ. ގޭގައި ތިބެ ތިބެ ފޫހިވެގެން ވެސް މޮޅެތި ކަންތައްތައްކޮށްލަން ހިތަށް އާދެއެވެ. ވަގުތު ދުއްވާލުމަށް ގޭގައި ތިބޭ މީހުންނަށް ޕްރޭންކޮށްލުމަކީ ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ.

އެކްޓަރު ސަނީ ލިއޯން ވެސް މިފަހަރު ޕްރޭންކް ކޮށްލަނީ އޭނާގެ ފިރިމީހާ ޑެނިއެލް ވެބާއަށެވެ. ބަދިގެ ތެރޭ ހުރެގެން ސަނީ ލިއޯން ހަޅޭއްލަވާއަޑު އިވިގެން ޑެނިއެލް އައީ ދުވެފަ ކަހަލަ ގޮތަކަށެވެ. އޭރު ސަނީ ލިއޯން އޭނާގެ އިނގިލި ބުރިވެގެން ހަޅޭއްލަވަނީއެވެ. ޑެނިއެލް ހާސްވެފައި ހުރެގެން ތުވާޔެއް ހިފައިގެން އައީ ލޭ މަނާކުރުމަށެވެ. ފަހުން ސަނީ ބުނީ އެއީ އޭނާ އިންސްޓަގްރާމް ލައިވްއަށް ކުޅުނު ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯގައި ސަނީ ބުނީ އޭނާ އަކީ އަސްލު ދިރިއުޅުމުގައި ވެސް އެކަހަލަ ޕްރޭންކްކޮށް އުޅޭ މީހެއް ނޫންކަމަށެވެ.

ސަނީ ލިއޯން އާއި ޑެނިއެލް ކައިވެނިކުރީ 2011 ވަނަ އަހަރު އެވެ. އެ ދެމަފިރިންގެ ޖުމްލަ ތިން ކުދިން ތިބެއެވެ. އެއީ އެޑޮޕްޓްކުރި އަންހެން ކުއްޖަކާ ސަރޮގެސީ މެދުވެރިކޮށް ލިބުނު އެއްމާބަނޑު ފިރިހެން ކުދިންނެވެ.