ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއްކޮށް ދެއްވި މުހައްމަދު ސޯލިހް އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ. އަވަހާރަވި އިރު އޭނާގެ އުމުރުން 63 އަހަރެވެ.

އަވަހާރަވިއިރު އޭނާ ހުންނެވީ އެމްއޭސީއެލްގެ ހެޑް އޮފް ސޭފްޓީ ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސްގެ މަގާމުގަ އެެވެ.

ސޯލިހް ވަނީ އެމްއޭސީއެލްގައި 40 އަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

އެމްއޭސީއެލްއިން ބުނީ ސޯލިހް އަކީ އޭވިއޭޝަން ދާއިރާގައި ވަރަށް ފުންނާބު އުސް ތަޖުރިބާކާރެއް ކަމަށާއި އަދި ވަކިވެގެން ދިޔައީ އަގުބޮޑު ޖަވާހިރެއް ކަމަށެވެ.