ބޮލީވުޑްގެ ލެޖެންޑަރީ ތަރި ރިޝީ ކަޕޫރު މިދިޔަ މަހު 30 ވަނަ ދުވަހު މަރުވިއިރު އޭނާގެ ޖަނާޒާގައި އޭނާގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރު ސާހްނީއަށް ބައިވެރިވެވިފައެއް ނުވެއެވެ.

ބައްޕަ ރިޝީ ކަޕޫރު މަރުވީ މުމްބާއީގައި ނަމަވެސް ރިދިމާ ހުރީ ދިއްލީގައެވެ. އިންޑިއާ ލޮކްޑައުންވުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުދެވުމުގެ ސަބަބުން ރިދިމާ ބައްޕަގެ ޖަނާޒާގައި ބައިވެރިވީ ފޭސްޓައިމް މެދުވެރިކޮށެވެ.

ރިދިމާ އޭނާގެ އަންހެން ދަރިފުޅާއެކު އެނބުރި މުމްބާއީ އަށް އައިސްފައިވާއިރު އޭނާ މުމްބާއީ އައީ އެއްގަމު މަގުން ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. ރިޝީ މަރުވި ދުވަހު ރިދިމާ ވަނީ އިންސްޓަގްރާމް އެކައުންޓުގައި މެސެއްޖެއް ހިއްސާކޮށްފައެވެ. ރިޝީގެ ފޮޓޯއަކާ އެކު ޕޯސްޓްކުރިއިރު ރިދިމާ ބުނީ ބައްޕަ މަތިން މިހާރުވެސް ހަނދާންވާން ފަށައިފި ކަމަށެވެ. އަދި ބައްޕަ އެނބުރި އައުމަށް ވެސް އޭނާ ވަނީ އެ ޕޯސްޓުގައި ބުނެފައެވެ.

ކުޅަދާނަ ބަތަލު ރިޝީ އަކީ އުމުރުން ތިން އަހަރުގައި ފިލްމީ ދުނިޔެއަށް ނުކުތް ވަރުގަދަ ތަރިއެކެވެ. ހިންދީ ސިނަމާތަކުގެ ފުރަތަމަ އާއިލާ ކަޕޫރް އާއިލާއަށް ނިސްބަތްވާ ރިޝީގެ ބައްޕަ އަކީ ކުޅަދާނަ އެކްޓަރު ރާޖް ކަޕޫރްގެ ދަރިއެކެވެ. އަދި ރިޝީގެ ކާފަ ޕްރިތްވިރާޖް ކަޕޫރަކީ ވެސް އިންޑިއާ ސިނަމާ ދުށް މޮޅު ތަރިއެކެވެ.