04 May 2020, 09:46
ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ދެ ޔޫޓިއުބަރުން ކަމަށްވާ ޝާމް އިދްރީސް އާއި ފްރޮގީ އަށް ލިބުނު އަންހެން ދަރިފުޅު ދައްކާލައިފި އެވެ.
ފްރޮގީ ވިހެއީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. ދަރިފުޅަށް މިހާރު ނަން ކިޔާފައިވާ އިރު އެ ދަރިފުޅަށް އެމީހުން ކީ ނަމަކީ ސިއެރާ އިދްރީސް އެވެ. ސިއެރާގެ ފޮޓޯއެއް ޝާމް ޓްވީޓްކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓްވީޓް ރީޓްވީޓް ކުރަމުންނެވެ. ފްރޮގީ ދަރިފުޅު ވިހޭއިރު ޝާމް ބުނީ ދަރިފުޅުގެ މޫނު ދައްކާލީ ދަރިފުޅު ކުޑަކޮށް ބޮޑުވެލީމާކަމަށެވެ.
ޝާމް އާއި ފްރޮގީ ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.
"ބެސްޓްފްރެންޑްސް"ގެ ގޮތުގައި ދެ މީހުން ވެސް ތިބުމަށް ފަހު ކުއްލިއަކަށް ދެތަރިން ކައިވެނިކުރުމުން ގިނަ ފޭނުންނަށް ވަނީ ސިހުން ލިބިފަ އެވެ.
ދެތަރިން އެއްކޮށް ވަނީ ޔޫޓިއުބްގައި ހެއްވާ މަޖާ އަދި ހަގީގަތާ އެއްގޮތަށް ކުދިކުދި ޑްރާމާކޮޅު ވެސް ގެނެސްދީފަ އެވެ.