03 May 2020, 18:15
ކޮވިޑް19 ޖެހިފައިވާ އިތުރު އަށް މީހަކު މިއަދު ފެނި، ރާއްޖެއިން ބަލިޖެހިފައިވާ މީހުންގެ އަދަދު 527 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓުވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވީ ފަސް ދިވެހީންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ ބަންގްލަދޭޝް ރައްޔިތުންގެ އަދަދު ވަނީ 268 އަށް އަރައިިފައެވެ. މިހާތަނަށް 183 ދިވެއްސަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިހާތަނަށް ރާއްޖެއިން 527 މީހަކަށް ބަލި ޖެހިފައިވާއިރު 18 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ދިވެއްސަކު ވަނީ ބަލީގައި ނިޔާވެފައެވެ.