ޖިންސްގެ ހަމަހަމަކަން ކުރިއަރުވަން މަސައްކަތްކުރަން އަންހެން ނޫސްވެރިންގެ ރޯލްބޮޑުކުރަން ޖެހޭކަމަށް މިއަހަރުގެ ދެކުނު އޭޝިއާގެ ޕްރެސް ފްރީޑަމް ރިޕޯޓްގައި ބުނެފިއެވެ.

އެ ރިޕޯޓްގައި ބުނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ އެންމެ ބޮޑުއެއް މައްސަލައަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފުންނާބުއުސް އަންހެނުން މަދުވުން ކަމަށެވެ. އެއާއެކު ޖިންސްގެ ހަމަހަމަކަން ކުރިއަރުވަން ދަތިވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އަންހެނުން ވަނުން އިތުރުވަމުން ދިޔަ ނަމަވެސް އެފަދަ އަންހެނުން ޖަމިއްޔާތައް ލީޑްކޮށް ނުވަތަ ލީޑާޝިޕް ޕޮޒިޝަންތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އުޅޭ އަންހެނުންގެ ކެރިއަރު ވަކި ހިސާބަކަށް ގޮސް ކުރިއެރުމެއްނެތި ހުއްޓިފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ޖިންސްގެ ހަމަހަމަކަމާ ގުޅޭ ގޮތުން މިދިޔަ އަހަރު އައްޑޫގެ ވިމެންސް އެސޯސިއޭޝަން (އަވާ)އިން ނެރުނު ރިޕޯޓްއެއްގައި ބުނީ ރާއްޖޭގެ މީޑިއާތަކާއި އެޑްވަޓައިޒިން އޭޖެންސީތަކުގައި އެކި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަކަމަަށެވެ. އެހެން ނަމަވެސް އެފަދަ ތަންތަނުގައި އަންހެނުންފެ ރޯލް ބޮޑުކަމަށާއި އަދި މެދު ފަންތީގެ އެޑްމިނިސްޓްރޭޓިވް މަގމުތަކުގައި އަންހެނުން އުޅޭ ކަމަށް ބުނެފައިވެ އެވެ. އެކަމުންވެސް އަންހެނުންނާމެދު ވަކި ގޮތްތަކެއް ގެންގުޅޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ފަހަަކަށް އައިސް ރާއްޖޭގެ އަންހެން ނޫސްވެރިން ވަނީ އެކި އެސޯސިއޭޝަންތައް ހެދުމަށް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އަންހެނުންގެ އަޑުއިއްވައި އަންހެނުން ކުރިއަށް ދިއުމުގައި ދިމާވާ އާންމު ސަބަބުތައް ހޯދައި ދެނެގަންނަން ޖެހިފައިވާކަން ރިޕޯޓްގައި ބުނެފައިވެ އެވެ.

އައްޑޫގެ ކޮމިއުނިޓީ ނޫސް އޭއޯނިއުސްއިންގެ ޗީފް އެޑިޓާ ޝިމް އަހުމަދާ ހަވާލާދީ އެ ރިޕޯޓްގައި ބުނީ އަންހެނުން ބާރުވެރިކުރުމުގައި އަންހެން ނޫސްވެރިންނަށް، ޓްރޭޑް ޔޫނިއަންތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަންތަކާ އެއްވަރަށް އޯގަނައިޒްކޮށް މަސައްކަތްކުރަން ތަޖުރިބާ މަދު ކަމަށެވެ.