އެއާޕޯޓު ބޭސިކް ރެކްސިއު އެންޑް ފަޔާ ފައިޓިން (އޭއާރުއެފްއެފް) ކޯހުގައި ބައިރިވެރި އެމްއޭސީއެލްގެ ދެވަނަ ބެޗުގެ މުވައްޒަފުން ކޯސް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއޭސީއެލްއިން އެ ކޯހުގައި ބައިވެރިވި ދެވަނަ ބެޗުގައި ހިމެނެނީ 18 މުވައްޒަފެކެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު އެމީހުން ރާއްޖެ އެނބުރި އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އެއާޕޯޓުން އެމީހުންނަށް މަރުހަބާ ކިޔީ އެއާޕޯޓުގައި ތިބޭ އޭއާރުއެފްއެފްގެ މުވައްޒަފުންނެވެ.

މި ކޯހަކީ އިންޑޮނީޝިއާގެ ޕަލެމްބަންގް އޭވިއޭޝަން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ކޯހެކެވެ.