03 May 2020, 10:16
ބަތަކީ ތަފާތު އެކި ގޮތްގޮތަށް ތައްޔާރުކުރެވިދާނެ އަދި ހުރިހާ އެންމެނަށްވެސް ކަމުދާ ބާވަތެކެވެ. އަބަދު އެއްގޮތަކަށް ކެއްކުމުގެ ބަދަލުގައި ތަފާތު ގޮތެއް ހަދާލަން މިއަދު ލިއުޝާ މި ދަސްކޮށްދެނީ "ލެމަން ރައިސް" ތައްޔާރުކުރާނެގޮތް ކުޑަ ޓްވިސްޓަކާއި ގޮތެވެ.
ހަށްޓަށް ލުއިވެފައި ރަހަވެސް މީރުވާނެ އެވެ.
ބޭނުންވާ ތަކެތި
3 ޖޯޑު ބާސްމަތީ ބަތް
- މަސްޓާޑް ސީޑްސް
- ހިކިމިރުސް
- ލޮނު
- 1 ޓޯމާޓޯ
- ހިކަނދިފަތް
- 2 ބޭ ލީވްސް
- ½ މޭޒުމަތީ ސަމްސާ ރީދޫ
- 1 ރާނބާފަތް
- 4 ލޮނުމެދު
- ½ ގިތެޔޮ މިރުސް
- 1 މޭޒުމަތީ ސަމްސާ ގީ
- ކެޝޫ ނަޓްސް ކޮޅެއް
- 3 ލުނބޯ
- ދުނބުރިފަތް ކޮޅެއް (ލިބެން ނެތް ނަމަ ކެބެޖް)
- 1 މޭޒުމަތީ ސަމްސާ ހަކުރު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ގީ ކޮޅު ތެއްޔަށް އާޅާލުމަށްފަހު މަސްޓަޑް ސީޑްސް ކޮޅު އަޅާ މާލާން ފެށުމުން ކެޟޫނަޓްސްވެސް އަޅާލާށެވެ. މުށިކުލައަށް ބަދަލުވާން ފެށުމުން ލޮނުމެދާއި، ހިކަނދިފަތް އަދި ހިކިމިރުހާއި ގިތެޔޮމިރުސް އަދި ބޭލީވްސް ވެސް އަޅާ މިކްސް ކޮށްލާށެވެ. އެއަށްފަހު ރީނދޫކޮޅާއި، ލޮނު އެޅުމަށްފަހު ބާސްމަތީ ބަތްކޮޅު އެއްކޮށްލާށެވެ. ދެން ހަކުރު ކޮޅު އަޅާލުމަށްފަހު އެންމެ ފަހު ބާވަތެއްގެ ގޮތުގައި އަޅާނީ ލުނބޯ ހުތްފޮދެވެ. ރަނގަޅަށް މިކްސް ކުރުމަށްފަހު އުނދުންމަތިން ބާލާށެވެ.
މިހިސާބުން އަދި ނިމުނީކީއެއް ނޫނެވެ. ބަތުގެ ރަހަ އިތުރަށް މީރުކުރުމަށްޓަކައި ލިއުޝާ ކުރާކަމަކީ ދުނބުރި ފަތް ތެއްޔެއް ނުވަތަ ޓްރޭއެއްގައި އަތުރާލުމަށްފަހު އޭގެތެރެއަށް ބަތްކޮޅު އަޅާލަނީ އެވެ. އަދި 5 ވަރަކަށް މިނިޓް އަވަންގައި ފިހެލަނީ އެވެ. ލިއުޝާ ބުނާގޮތުން މިފަދައިން ހެދުމުން ބަތުގެ ރަހަ އިތުރަށް މީރުވެއެވެ. ދުނބުރިފަތް ނެތްނަމަ ކެބެޖްގެ ބޭނުންވެސް ކުރެވިދާނެ އެވެ.