02 May 2020, 21:20
އިތުރު ފަސް މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 519 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިރޭ އަލަށް ޕޮޒިޓިވްވީ ހަތަރު ދިވެހީންނާއި ސްރީލަންކާގެ މީހެއް ކަމަށެވެ. މި ފަސް މީހުންނާއެކު މިއަދުގެ މިހާތަނަށް ކޮވިޑް19ގެ 28 ކޭސްއެއް ވަނީ ފެނިފަ އެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 265 މީހުންނާއި، 178 ދިވެހީންނާއި 52 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ތިން އަދި އެހެނިހެން ގައުމުތަކުން ހަތަރު މީހެކެވެ.
މި ބަލީގައި ރާއްޖޭން އެކަކު މަރުވެފައިވާއިރު، 17 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.
މާލޭގައި ފެންނަމުންދާ ކޮވިޑަ19ގެ ކޭސްތައް އިތުރުވަމުންދިއުމާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.