އިތުރު ތިން މީހަކު ޕޮޒިޓިވްވެ، ށ. ނަރުދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

އިތުބާރުހުރި މަސްދަރަކުން "ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އިއްޔެ ވަނީ އިތުރު ދެ މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އަދި މިއަދުވެސް އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ނަރުދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށު "އަމާޒު" ބޯޓުގެ ކައްޕިއެވެ. އެ ބޯޓް މާލެއިން އެ ރަށަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ މާލެ ލޮކްޑައުންކޮށް މާލެއަށް އަރައި ފުރުން މަނާކުރި ދުވަހެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނަރުދޫން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބި އެބަހުއްޓެވެ.

އަމާޒު ބޯޓުން ދަތުރުކުރި އެއަތޮޅު މިލަންދޫ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ނެގެޓިވްވި މީހުންގެ ތެރޭގައި އެމީހާގެ އަނބިމީހާ ވެސް ހިމެނޭ. އެހެންކަމުން ބާކީ ނަތީޖާ ނުލިބި ހުރި މީހާ ވެސް ޕޮޒިޓިވްވާނެ ކަމަށް ނުބެލެވޭ،" ޝިޔާމް ވިދާޅުވިއެވެ.

އަމާޒު ބޯޓުން ދަތުކުރު ކުރި މީހުން ނިސްބަތްވާ ގިނަ ރަށްރަކެއް އެޗްޕީއޭ އިން މޮނިޓަރިންގެ ހާލަތަށް ގެނައެވެ.

އެރަށްތަކުގެ ތެރެއިން މިހާތަނަށް ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ނަރުދު އާއި މިލަންދޫން އެކަންޏެވެ.