ކޮރޯނާވައިރަސް ޖެހި، ރާއްޖެއިން ކޮވިޑް19 ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ދެންމެ ބުނި ގޮތުގައި މިއަދު ކޮވިޑް19 އަށް 23 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ހަތަރު ބަންގުލާދޭޝް މީހުންނާއި އިންޑިއާ މީހަކާއި ނޭޕާާލް މީހެކެވެ.

މިވަގުތު ރާއްޖެއިން ޕޮޒިޓިވްވެ، މީހުންގެ އަދަދު މިހާރު ވަނީ 514 އަށް އަރާފަ އެވެ. އަދި އެބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު މިދިޔަ ހަފްތާގައި ވަނީ މާލޭގައި މަރުވެސް ވެފަ އެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 265 މީހުންނާއި، 174 ދިވެހީންނާއި 52 އިންޑިއާ މީހުންނާއި އިޓަލީގެ 11 މީހުންނާއި ޕާކިސްތާންގެ ތިން މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ދެ މީހުންނެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފަށާފައިވާތާ 15 ދުވަހަށް ވުރެން ގިނަ ދުވަސްވެފައިވާއިރު ފުރަތަމަ މީހާ ޕޮޒިޓިވްވިކަން އެނގުނު ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް މިހާރު އެ ބަލި އަތޮޅު ތެރޭގެ ބައެއް ރަށް ރަށުން ވެސް ވަނީ ފެނިފަ އެވެ.