22 Dec 2011, 10:51
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ މުވައްޒަފުންނަށް ބޭއްވި "ސްޓާފް ނައިޓް"އަށް ފަހު އެ އިދާރާ މި އަހަރަށް ބަންދުކޮށްފި އެވެ. މި ރަސްމިއްޔާތުގައި އޭއެފްސީގެ ރައީސް ޒަންގް ޖިލޮންގް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"ސްޓާފް ނައިޓަކަށް އަހަރެން ހާޒިރުވި މިއީ ފުރަތަމަ ފަހަރު. އަހަރެން ދެކެނީ މިއީ އަހަރެންނަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް. މި އިދާރާގެ ކާމިޔާބީގެ ބޮޑު ހިއްސާއެއް އަދާ ކުރަނީ މުވައްޒަފުން. އެހެންކަމުން މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އޭއެފްސީގެ ރައީސް ޖިލޮންގް ބުންޏެވެ.
އޭއެފްސީ ހައުސް މި އަހަރަށް ބަންދުކުރުމަށް ފަހު، ދެން ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.