30 Apr 2020, 22:18
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި އިތުރު 5000 ޓެސްޓް ކިޓް ރާއްޖެއަށް ގެނެސްފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ތައިލެންޑާއި ސިންގަޕޫރަށް ރޭއްޖޭގެ ކާގޯ ބޯޓެއް ގޮސް މިރޭ މާލެ އައިސްފައިވާ ކަމަށެވެ. އޭގެން 5000 ޓެސްޓް ކިޓް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"މީގައި 5000 ޓެސްޓް ކިޓު ރާއްޖެއަށް ގެނެވިފައިވޭ. 5000 މާސްކް ގެނެވިފައިވޭ. 500 ސެޓް ޕީޕީއީ އަދި 15 އޮޓޯ ބައިޕާޕް ނޮން އިންވޭސިވް ވެންޓިލޭޓާސް ގެނެވިފައިވޭ." މަބްރޫކު ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގައި ވަނީ 8008 މީހެއްގެ ސާމްޕަލް ނަގާފަ އެވެ. ރާއްޖެއިން މިއަދުގެ ނިޔަލަށް 395 މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވްވެފަ އެވެ.