01 May 2020, 11:06
ބޭނުންވާ ތަކެތި;
8 ފޮތި ޕާން
1 ޖޯޑު ޗޮކްލެޓް [ގާނާފައި]
1 ޖޯޑު ޗީޒް [ގާނާފައި]
4 މޭޒުމަތީ ސަމުސާ ނަޓެއްލާ ނުވަތަ ޗޮކްލެޓް ކްރަމްޕީ
4 މޭޒުމަތީ ސަމުސާ ބަޓަރ [އަންސޯލްޓެޑް]
ތައްޔާރު ކުރާނެގޮތް:
ޕާން ފޮތިތަކުގެ ދެ ފަރާތުގައި ބަޓަރު ހާކާލާށެވެ.
ޕާން ފޮއްޗެއްގައި ނަޓެއްލާ ނުވަތަ ކްރަމްޕީ ހާކާށެވެ. އެއަށްފަހު، އޭގެ މައްޗަށް ޗީޒް އާއި ޗޮކްލެޓް ކޮޅު އެޅުމަށްފަހު، ޕާން ފޮތީގެ މަތީގައި ރީތިކޮށް ފަތުރާލާށެވެ. ދެން، އެހެން ޕާން ފޮއްޗެއް އޭގެ މަތީގައި ތަތްކޮށްލާށެވެ. މިގޮތަށް ހުރިހާ ޕާން ފޮތިތައް ތައްޔާރުކޮށްލާށެވެ.
ތަވާ އުނދުން މައްޗަށް އުދާށެވެ. ތަވާ ރަނގަޅަށް ހޫނު ވުމުން، ތައްޔާރުކުރި ޕާން ފޮތި އޭގެ ތެރެއަށް ލާށެވެ. އުނދުން، މަޑު ގިނީގައި ބަހައްޓައިގެން، ޕާން ފޮތިތަކުގެ ދެފަރާތް ރަނގަޅަށް ފިހެލާށެވެ. މަޑު މުށިކުލައެއް އަރަންދެން ފިހެލުމުން ރަނގަޅު ވާނެއެވެ.
ފިހުނު ޕާން ފޮތިތައް ރަނގަޅަށް ހިހޫ ވުމުން، ތިނެސްކަނަށް ވާހެން ކަފާލާށެވެ.