އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް އިތުރު 11 މީހަކު މިއަދު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއިި ދެ ބަންގްލަދޭޝް މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކޮވިޑަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާޑޭޝް ބޯޑުންދައްކާގޮތުން މިއަދު ޕޮސިޓިވްވީ މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ ދެ ދިވެހިން ހިމެނެ އެވެ. އެއީ 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެކެވެ.

މިއަދު އިތުރަށް 95 މީހަކުވެސް ވަނީ ޕޮސިޓިވްވެފަ އެވެ. އެ އަދަދާއެކު މިއަދު ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 116 އަކަށް އަރާފަ އެވެ. މިއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ މީހުން ޕޮސިޓިވްވި ދުވަހެވެ. މިހާރު ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަދަދު 396 އަކަށް އަރަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ އިއްޔެ އެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ކޮވިޑަށް ޓެސްޓް ކުރަން ސާމްޕަލް ނަގާފައި ވަނިކޮށް އިއްޔެ އިރުއޮއްސުނު ވަގުތުގަ އެވެ.