އައިޖީއެމްއެޗްގެ ސެންޓާ ފޮ މެންޓަލް ހެލްތު (ސީއެމްއެޗް)އިން ދޫކުރާ ބޭސް ސިޓީތައް އާ ކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.

އައިޖީއެމްއެޗްއިން ބުނީ އައިޑީކާޑާއި ބޭސް ސިޓީގެ ފޮޓޯއެއް ވައިބާއިން ފޮނުވުމުން ބޭސް ސިޓީ އާކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ވައިބާ ކުރަން ޖެހޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އާއި މެންދުރު 12:00އާ ދެމެދު 7942403 ނަންބަރަށެވެ.

މިގޮތަށް ބޭސް ސިޓީ ވައިބާ ކުރާއިރު އެދެވެނީ އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ލިބުނު ބޭސް ސިޓީ ފޮނުވުމަށް ކަމަށް އައިޖީއެމްއެޗްއިން ބުނެ އެވެ. އަދި ބަލިމީހާއަކީ މީގެ ކުރިން ސީއެމްއެޗްއަށް ޑޮކްޓަރަށް ދައްކާފައިވާ ފަރާތަކަށް ވެސް ވާން ވާނެ އެވެ.

އެހެން ނަމަވެސް ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި ޑޮކްޓަރަށް ދައްކާފައި ނެތް ނަމަވެސް ބޭހާ ގުޅޭގޮތުން ސުވާލެއް އޮތް ކަމަށްވާނަމަ 7942403 އަށް މެސެޖު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.