19:00


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 25 ސިފައިންނަށް 38 ޝަރަފުގެ ނިޝާން ދީފި އެވެ.


ބަންޑާރަކޮށީގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަމީން ފައިސަލެވެ. އެ ރަސްމިއްޔާތުގައި "ރައީސުލްޖުމުހޫރިއްޔާގެ މެޑަލް" ތިން އޮފިސަރުންނަށާއި، ސާޖެންޓް ރޭންކުގެ އެއްބޭފުޅަކަކަށް ލިބިވަޑައިގަތެވެ. އަދި "ސިފައިންގެ ޚިދުމަތުގެ މެޑަލް" އޮފިސަރުންގެ ތެރެއިން 15 ބޭފުޅަކަށާއި، އެހެނިހެން ރޭންކުތަކުގެ ތިން ސިފައިންގެ ބޭފުޅަކަށް ލިބިވަޑައިގަތެވެ. މީގެ އިތުރުން "އަޚްލާޤީ މެޑަލް" 11 ބޭކަލަކަށް ލިބިލެއްވިއިރު، "ދިގު ޚިދުމަތެއްގައި ޚިދުމަތްކުރުމުގެ މެޑަލް" ފަސް ބޭފުޅަކަށް ލިބިވަޑައިގެން. އަދި "ދިގު ޚިދުމަތެއްގައި ޚިދުމަތްކުރުމުގެ މެޑަލް" ލިބިލައްވާފައި ވަނީ އޮފިސަރުންގެ ތެރެއިން ފަސް ބޭފުޅަކަށް ލިބިވަޑައިގަތެވެ.


ޝަރަފްގެ ނިޝާން ލިބިލެއްވި އޮފިސަރުންނަށާއި އެހެނިހެން ރޭންކުތަކުގެ ބޭކަލުންނަށް ލިބިލެއްވި "ރައީސުލްޖުމުހޫރިއްޔާގެ މެޑަލް" ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަމީން ފައިސަލެވެ. އަދި އެހެނިހެން މެޑަލްތައް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ.