Last Updated:
6 year 7 month ago

ކޮވިޑް-19 ޖެހިގެން މާލެއިން މީހަކު މަރުވެއްޖެ

    ބުލޮގު ޚުލާސާ

    ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ. މިއަދު ހަވީރު މާލެއިން މަރުވި 83 އަހަރުގެ އަންހެނެއްގެ ސާމްޕަލް ޓެސްޓް ހެދިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

    މަރުވި މީހާ އަކީ، ކޮވިޑް ޖެހުނު މީހެއްގެ ފަސްޓް ކޮންޓެކްޓަށް ވުމުން ޓެސްޓް ހަދަން އޭނާގެ ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ މަރުވީ އެ ބައްޔަށް ޝައްކުވެގެން ސާމްޕަލް ނަގާފައި ވަނިކޮށެވެ. މީގެ އިތުރުން، އެ މީހާ ދިރިއުޅުނު ގެވެސް ހުރީ ކަރަންޓީނުގައިކަން ވެސް އެނގިފައިވެ އެވެ.

    އެކަން ހާމަކުރުމަށް އެންއޯއީސީއިން މިރޭ ޕްރެސްކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

    02:31

    ހައިރިސްކް ޕޭޝެންޓުންގެ ސާމްޕަލް ނެގުމަށް އިސްކަން ދޭނެ ކަމަށް ޑރ އަލީ ލަތީފު ވިދާޅުވި

    02:31

    ހައިރިސްކް ޕޭޝެންޓުންގެ ސާމްޕަލް ނެގުމަށް އިސްކަން ދޭނެ ކަމަށް ޑރ އަލީ ލަތީފު ވިދާޅުވި

    02:22

    މައްޔިތާގެ މޫނު ބެލުމަށް އެހާ ގިނަ މީހުން ނުދިއުމަށް ޑރ އަލީ ލަތީފު އިލްތިމާސް ކުރައްވައިފި. އޭނާ ވިދާޅުވީ މޫނު ބަލަން ދިއުމަކީ މަނާ ކުރާ ކަމެއް ނޫން ކަމަށް. އެހެން ނަމަވެސް އެހާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެއްޖެ ނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް.

    02:20

    ޕްރޮސެސްތަކުގައި ލަސް ކަމެއް ހުރި ކަމަށް ވާނަމަ އެކަން ބަލައި ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވި

    02:19

    ކޮވިޑް 19 ގައި މަރުވާ މީހުން ވަޅުލާން ހަމަޖެހިފައިވަނީ މިހާރުވެސް މީހުން މަރުވުމުން ވަޅުލަމުން ދާ ސަހަރާތަކުގައި

    02:17

    މިނިސްޓަރު އަމީން ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަވަސް ކުރުމަށް ކަމަށް

    02:17

    މިނިސްޓަރު އަމީން ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަވަސް ކުރުމަށް ކަމަށް

    02:16

    މިނިޓަރުންގެ ހާލަތުގައި އޮންނަ ގޭގެއިން އެގޭގެ މީހަކު ހުން އައުން ރޯގާގެ އަލާމާތެއް ހުރުން ފަދަ ކަމެއް ވަންޏާ އެޗްޕީއޭއަށް ރިޕޯޓު ކުރަން ޖެހޭނެ ކަމަށް ޑރ އަލީ ލަތީފު ވިދާޅުވި

    02:12

    މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ނިޔާވި އަންހެން މީހާ ނިޔާވީ މޮނިޓަރިންގެ ހާލަތުގައި އެނާ ދިރިއުޅުނު ގެ ބާއްވައިގެން ކުރަން ޖެހި ނުކުރެވި ކަމެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް

    02:11

    ޑރ އަލީ ލަތީފު ވިދާޅުވީ އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ދެވޭނެ ފަރުޥާއަކީ އައިވީ ފުލުއިޑް ދިނުން ފަދަ ކަން ކަން ކުރުން ކަމަށް

    02:10

    ޑރ އަލީ ލަތީފު ވިދާޅުވީ މިއަދު ހެނދުނު އެ އަންހެން މީހާގެ ހާލު ސީރިއަސްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް. އަދި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާއަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް ޑރ އަލީ ލަތީފު ވިދާޅުވި

    02:08

    އަމީން ވިދާޅުވީ އޭނާ މަރުވި މައްސަލައިގައި އިހުމާލެއް ވޭތޯ ބަލާނެ ކަމަށް. އަދި އެސްއޯޕީއަށް ބަދަލު ގެންނަން ޖެހޭ ނަމަ ގެންނާނެ ކަމަށް

    02:06

    ނިޔާވި ދުވަސްވީ އަންހެން މީހާއަށް އެޓެންޑްވި އައިޖީއެމްއެޗްގެ ނަރުހުން އަދި ޑޮކްޓަރުން އައިސޮލޭޓް ކުރި ކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި

    02:05

    އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ނިޔާވެއްޖެ ނަމަ އެމީހަކީ ކޮވިޑްގެ އަލާމާތެއް ނެތް މީހެއް ނަމަވެސް ކޮވިޑަށް ޓެސްޓް ކުރަމުން ދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި

    02:03

    ޑރ އަލީ ލަތީފު ވިދާޅުވީ ކޮވިޑަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް ފެންނަ ނަމަ ޕްރިވެންޓިވް މެޝާސްތައް ނަގަން ޖެހޭ ކަމަށް. ބައެއް ހާލަތްތަކުގައި ޓެސްޓް ހެދުން ލަސްވިޔަސް ކޮވިޑަށް ޕޮސިޓިވްވެދާނެ ކަމަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

    02:01

    މިނިސްޓަރު އަމީން ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކުގެ ތެރެއިން ހައި ރިސްކް މީހުންގެ ސާމްޕަލް ނެގުން އަވަސް ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް.

    01:53

    މިވަގުތު އައިސީޔޫގައި ކޮވިޑް ޖެހިފައިވާ ފަސް މީހަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހުންނަނީ ދިވެހިން ކަމަށް ޑރ މޫސާ ހުސައިން ވިދާޅުވި

    01:53

    މިހާރު ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ އަދަދު 286 އަށް އަރާފައި ވާ ކަމަށް ޑރ އަލީ ލަތީފު ވިދާޅުވި

    01:51

    އައިމިނަތު އާދަމް ގުޅެނީ ކޭސް ނަމްބަރު 126 އާ ކަމަށް އަމީން ވިދާޅުވި. އަދި އެ އާއިލާގެ ބައެއް ބޭފުޅުން ކުރިން ޕޮސިޓިވްވެފައި ވާ ކަމަށް އޭނާ ވިދާޅުވި

    01:50

    އަމީން ވިދާޅުވީ މިއަދު ހަވީރު ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ނިޔާވެފައިވާ ކަމަށް

    01:47

    އައިމިނަތު އާދަމް ނިޔާވެފައި ވަނީ ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ފަހުން ކަމަށް އަމީން ވިދާޅުވި. އޭނާގެ ސާމްޕަލް ނަގާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު ކަމަށާއި ނަތީޖާ ލިބުނު އިރު ނިޔާވެފައިވާ ކަމަށް އަމީން ވިދާޅުވި

    01:47

    ނިޔާވި އަންހެން މީހާގެ ހިނެއުމުގެ ކަންކަން ކުރިއަށް ގެންދަނީ ސިފައިންގެ އަންހެން މީހެއް ކަމަށް އަމީން ވިދާޅުވި

    01:44

    ކޮވިޑް 19 އަށް ޕޮސިޓިވްވި އަންހެނަކު މިއަދު ނިޔާވެފައިވާ ކަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ޔަގީން ކޮށްދެއްވައިފި. އަމީން ވިދާޅުވީ ނިޔާވެފައި ވަނީ އައިމިނަތު އާދަމް ނަމަކަށް ކިޔާ 83 އަހަރުގެ އަންހެނެއް ކަމަށް

    01:22

    ކޮވިޑް ޖެހިގެން މަރުވި އަންހެން މީހާ ދިރިއުޅެމުން އައީ، މ. އަރީޗްގާކަން ވަނީ އެނގިފައި. އެގެއަކީ ކޮވިޑް-19 އަށް ޝައްުވެގެން މޮނީޓަރިންގައި ހުރި ގެއެއް.

    01:14

    އަންހެން މީހާ މަރުވެފައި ވަނީ މިއަދު ހަވީރުކަން ވަނީ އެނގިފައި. އޭނާ މަރުވިއިރު ވަނީ، ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓް ހަދަން ސާމްޕަލް ނަގާފައި. އޭނާ މަރުވިއިރު، ޓެސްޓްގެ ނަތީޖާއެއް ނުލިބޭ. ނަތީޖާ ލިބުނީ މީގެ އިރުކޮޅެއް ކުރިން.

    01:09

    ފުރަތަމަ މަރުގެ މައުލޫމާތު ހާމަކުރަން ޕްރެސްއެއް ބާއްވަނީ

    މަރުވި މީހާގެ މައުލޫމާތު ހާމަކުރުމަށް އެންއޯއީސީގެ ފަރާތުން ބާއްވާ ޕްރެސްކޮންފަރެންސް ވަނީ މިހާރު މިރޭ 1:30 އަށް ލަސްވެފައި.