ރާއްޖެއިން އިތުރު އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 277 އަށް އަރައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސިން ކަމަށެވެ. އަދި މިއަދު މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 27 އަށް އަރައިފަ އެވެ.

ރާއްޖެއިން ފެނުނު ކޭސްތަކާ ގުޅިގެން 3775 ކޮންޓެކްޓެއް ފާހަގަ ކުރެވިފައިވާ ކަމަށާއި 277 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މި ވައިރަސް ޖެހިގެން މިހާތަނަށް ރަނގަޅުވީ، 17 މީހެކެވެ. އެއީ 13 ބިދޭސީން އަދި ހަތަރު ދިވެހިންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ އެންމެ ގިނަ ބަޔަކު ގުޅިފައި ވަނީ ބާޒާރުމަތީ ކްލަސްޓާއާ ކަމަށެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިިވާ ލޮކްޑައިންގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.