30 Apr 2020, 01:28
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް، ޗައިނާއިން ޕީޕީއީ ގެނެސްފި އެވެ.
އެސްޓީއޯ އިން ބުނީ މި ފްލައިޓަކީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބައެއް ސާމާނާއި ކޮވިޑާ ގުޅިގެން ބޭނުންކުރާ ޕީޕީއީ ގެނައުމަށް ބޭއްވި ފްލައިޓެއް ކަމަށެވެ.
މިއީ ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ސާމާނު ކަމެއް، ނުވަތަ އެސްޓީއޯ އިން ގެނައި ސާމާނުކަމެއް ސާފެއް ނުވެ އެވެ.
ޗައިނާ ސަރުކާރުންނާއި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖެކް މާ ވަނީ ރާއްޖެއަށް ބޭނުންވާ ޕީޕީއީ އަދި ޓެސްޓް ކިޓް ހަދިޔާކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޗައިނާ އިން ދަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކުން ދަނީ ކުރަމުންނެވެ.