21 Dec 2011, 13:43
ގަޑި އާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަ، ރީފް ސައިޑުން މަސްޖިދުލް ސުތޯން މުހައްމަތު ތަކުރުފާނުލް އައުޒަމް މިސްކިތް، އިސްލާމީ މަރުކަޒަށް ސައުންޑް ސިސްޓަމްއެއް ހަދިޔާ ކޮށްފި އެވެ.
މަޝްހޫރު "ބޯސް" ބްރެންޑްގެ ސައުންޑް ސިސްޓަމް ރާއްޖެ އެތެރެކުރާ ރީފް ސައިޑުން ހަދިޔާ ކުރި ސައުންޑް ސިސްޓަމް ހަވާލު ކުރުމަށް އިސްލާމިކް މިނިސްޓަރީގައި މިއަދު ވަނީ ހަފުލާއެއް ބާއްވާފަ އެވެ. އެ ހަފުލާގައި މިނިސްޓްރީއާ ސައުންޑް ސިސްޓަމް ހަވާލުކޮށްދެއްވީ ރީފްސައިޑްގެ ވެރިޔާ، އަދި މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރު (ރާޑޯ ޒާހިރު) އެވެ. މިނިސްޓަރީން އެ ސިސްޓަމްއާއި ހަވާލުވެ ވަޑައިގަތީ މިނިސްޓަރު ޑރ. އަބްދުލް މަޖީދް އަބްދުލް ބާރީއެވެ.
މިނިސްޓަރީން ބުނިގޮތުގައި ރީފް ސައިޑުން ހަދިޔާ ކުރި އެ ސިސްޓަމްއަކީ އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ތަރައްގީކޮށް އަޕްގްރޭޑް ކުރުމަށް ދެއްވި 2،50،3945ރ. ގެ ސިސްޓަމްއެއް ކަމަށާއި އެ ސިސްޓަމް އިސްލާމީ މަރުކަޒުގައި ހަރުކުރާނީ އެ މިސްކިތުގެ މިހުރާބުގޭގެ ކާޕެޓް އޭރިއާގައި ކަމަށެވެ.
ރީފްސައިޑްއަކީ އަކީ ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަތާ 31 އަހަރުވެފައިވާ ކުންފުންޏެކެވެ. ރީފް ސައިޑްގެ ހަތް ފިހާރަ ހުރެ އެވެ.