ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެމެރިކާގެ އިގްތިސޯދު ދަށަށް ހިނގައްޖެ އެވެ.

އެމެރިކާގެ ބިޔުރޯ އޮފް އިކޮނޮމިކް އެނަލިސިސް އިން އާންމުކޮށްފައިިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމރިކާގެ އިގްތިސޯދު ވަނީ 4.8 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި ހަ އަހަރަށް ބަލާއިރު ވެސް އެ ގައުމުގެ އިގްތިސޯދު މިހާބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެގޮތުން މިއީ 2014 ވަނަ އަހަރުގެ ފަހުން އެމެރިކާގެ އިގްތިސޯދީ ދުވެލި މިހާބޮޑަށް ދަށަށް ދިޔަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމަކީ އެމެރިކާ އެވެ. އެގައުމުގެ އެތައް މިލިއަން ބަޔެއްގެ ވަޒީފާތައް ގެއްލިފައިވާއިރު، ވިޔަފާރިތައް ބަންދުކޮށް ރައްޔިތުން ގޭގައި މަޑުކުރުމުގެ ސަބަބުން ކޮންޒިޔުމާ ސްޕެންޑިން އަދި އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ވަނީ ދަށަށް ގޮސްފައެވެ.

އެމެރިކާގެ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ކޮންޒިއުމާ ސްޕެންޑިން ކަމަށްވާއިރު، 1980 ވަނަ އަހަރުގެ ފަހުން ކޮންޒިއުމާ ސްޕެންޑިން އެންމެ ދަށަށް ގޮސްފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

ކޮވިޑް19 ގެ ސަބަބުން އެމެރިކާ އިން މަރުވި މީހުންގެ އަދަދު 58،000 އަށް ވުރެ ގިނައެވެ. މިހާތަނަށް އެ ގައުމުން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.