29 Apr 2020, 15:52
ކޮރޯނާވައިރަސް، ކޮވިޑް19 އަށް މިއަދު ހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ ޖުމްލަ އަދަދު 256 އަކަށް އަރައިފި އެވެ.
އެޗްޕީއޭގެ ޕޯޓަލް އިން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ދިވެހިންނާއި އެއް ޕަކިސްތާން މީހެއް ކަމަށެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެގޮތުން މިއަދުގެ މިހާތަނަށް ރާއްޖެއިން 104 ދިވެއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ، 152 އެވެ.
މިއަދު ޕޮޒިޓިވްވި މީހުން:
ކޭސް 251: 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް، -- އަމާޒް ބޯޓު ކްލަސްޓާ
- ކޭސް 252: 49 އަހަރުގެ ދިވެހި ފިރިހެނެއް -- ކްލާސްޓާއެއް ނޭނގެ
- ކޭސް 253: 39 އަހަރުގެ ދިވެހި ފިރިހެނެއް -- ކްލާސްޓާއެއް ނޭނގެ
- ކޭސް 254: 24 އަހަރުގެ ޕާކިސްތާން އަންހެނެއް -- ބާޒާރުމަތި ކްލާސްޓާ (ބީޒެޑްއެމް)
- ކޭސް 255: 37 އަހަރުގެ ދިވެހި ފިރިހެނެއް -- އާރުއެސްސީ ކްލާސްޓާ
- ކޭސް 256: 30 އަހަރުގެ ދިވެހި ފިރިހެެނެއް -- އާރުއެސްސީ ކްލާސްޓާ
މިއަދު މިހާޓަނަށް ހަ ކޭސް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގެ އަދަދަކީ، 20 އެވެ. އެޗްޕީ އޭ އިން މިއަދު ވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިިވާ ލޮކްޑައިންގެ މުއްދަތު އަންނަ މަހު 14 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.