29 Apr 2020, 09:41
ބޮލީވުޑްގެ އެކްޓަރު އީޝާ ގުޕްތާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕެއިން މީހަކާ ކަމަށް އޭނާ ބުނެފި އެވެ.
އީޝާ ވަނީ އޭނާގެ ލޯބިވެރިޔާ ސްޕެއިންގެ ވިޔަފާރިވެރިޔާ މެނުއަލް ޖުއާލާ އެއްކޮށް ނަގާފައިވާ ފޮޓޯއެއް އޭނާާގެ އިންސްޓަގްރާމްގެ އެކައުންޓުގައި ހިއްސާކޮށްފައެވެ. އަދި އެ ޕޯސްޓްކުރުމަށް ފަހު ކެޕްޝަނުގައި ޖަހާފައިވަނީ "ވަރަށް ލޯބިވޭ" އެވެ. އީޝާ ވަނީ މީގެ ކުރިންވެސް ނަން ހާމަނުކޮށް އޭނާގެ ލޯބިވެރިޔާގެ ވާހަކަ ދައްކާފައެވެ.
އޭނާ ބުނީ މެނުއަލް އަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް ޕާފެކްޓް ލޯބިވެރިއެއް ކަމަށާއި އޭނާއާއެކު ދުވަސްތައް ހޭދަކުރަން ކެތްމަދުވެފައިވާކަމަށެވެ.
ބަތަލާ އީޝާ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު އިމްރާން ހާޝިމީ އާއެކު ފިލްމު "ޖަންނަތު 2" އިންނެވެ. ބަތަލާ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒްކުރި "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް" އިންނެވެ.