29 Apr 2020, 09:34
ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކްރިތީ ސެނަން އާއި ރާޖްކުމާރު ރާއޯ އެކުގައި ފިލްމެއް ކުޅެން އެބަ ތައްޔާރުވެ އެވެ.
ދެތަރިން އެކުގައި ފެނިގެންދާ އެ ފިލްމުގެ ނަމަކީ "ސެކަންޑް އިނިންގްޒް" އެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ އަބީޝެކް ޖެއިން އެވެ. އަބީޝޭކް ބުނީ ލޮކްޑައުން ނިމުނުހާ އަވަހަށް ފިލްމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އުންމީދަކީ އަންނަ އަހަރުތެރޭ ފިލްމު ސްކްރީނަށް ގެނައުން ކަމަށެވެ.
ފިލްމުގެ ލީޑުތަރިންގެ ގޮތުގައި ކްރިތީ އާއި ރާޖްކުމާރު ފެނިގެންދާއިރު މި ފިލްމުން ޕަރޭޝް ރާވަލް އާއި ޑިމްޕަލް ކަޕާޑިއާ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ފިލްމުގެ ވާހަކައަކީ މައިންބަފައިންގެ އުމުރުން ދުވަސްވުމުން އެމީހުންގެ ހަޔާތަށް އަންނަ ހުސްކަން ފިލުވާލައިދިނުމަށް މަސައްކަތްކުރަމުން އަން ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.