ކޮވިޑް-19 އަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު މިނިސްޓްރީއިން ހާމަކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ކޮވިޑް-19ގެ މައުލޫމާތު ހާމަކުރުުމަށް ހާއްސަކުރެވިފައިވާޑޭޝްބޯޑްގައި ހާމަކޮށްފައިވާ ގޮތުގައި އަލަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކީ، 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމީހާގެ އުމުރު ވެބްސައިޓުގައި ހާމަކޮށްފައެއްނުވެ އެވެ.

މި ދެ ކޭސްއާއިއެކު ރާއްޖޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ ޖުމްލަ 228އަށް މި ވަނީ އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި ދިވެހި މީހާއަކީ ކަމާއިބެހޭ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ، އެންމެ ބޮޑު ކްލަސްޓާ އެމްއެޗްއެފް ކްލަސްޓާއާ ގުޅިފައިވާ ފަރާތެއްކަމަށް ވެސް ޑޭޝްބޯޑްގައިވެ އެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ އަކީ ވަކި ކްލަސްޓާރއަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ނޭނގެ އެވެ.

ހެލްތް މިނިސްޓްރީއިން ބުނި ގޮތުގައި އެދެ މީހުންގެ ހާލު ސްޓޭބަލް އެވެ

މި ދެ މީހުންނާއި ގުޅިގެން އަދި މިހާތަނަށް އެޗްޕީއޭގެ ފަރާތުން ރަސްމީ ބަހެއް ހާމަކޮށްފައެއްނުވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 228 މީހަކު ޕޮޒިޓިވްވެފައިވާއިރު 17 މީހަކު ވަނީ މި ބަލިން މިހާތަނަށް ރަނގަޅުވެފަ އެވެ.