ކޮވިޑް19އާ ގުޅިގެން އިތުރު ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ މިހާތަނަށް އައިއިރު އިތުރު ހަ ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

"މީގެ ތެރޭގައި މި ހިމެނެނީ ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ބ. ކެންދޫ، ށ. ޅައިމަގު، ށ. ގޮއިދޫ އަދި ކ. މާފުށި،" މަބްރޫކް ވިދާޅުވި އެވެ.

ހަމައެއާއެކު ބައެއް ރަށްތަކާއި ތަންތަން މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ "ދުރުރާސްތާ 8" ބޯޓާއިި ނޫފަރު އެކްސްޕްރެސް އަދި ކ. ގުރައިދޫ އެވެ.

މީގެ އިތުރުން އިތުރު 19 ރަށަކާއި ދެ ބޯޓެއް ކުރިއެކޭ ވެސް އެއްފަދައިން އަދި ވެސް އޮތީ ލޮކްޑައުން ކޮށްފަ އެވެ.