ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ ދެ ފިލްމެއް ރިލީޒްކުރުން ފަސްކޮށްފިއެވެ.

މިޝަން އިމްޕޮސިބަލްގެ ހަތް ވަނަ އަދި އަށްވަނަ ބައި ރިލީޒްކުރުން ފަސްކޮށްފައިވަނީ މިހާރު ފެތުރެމުންދާ ކޮރޯނާގެ ސަބަބުން ދެ ފިލްމުގެ ޝޫޓިން ފަށަން އޮތް ތާރީޚުގައި ޝޫޓިން ކުރިއަށް ނުގެންދެވުމުގެ ސަބަބުންނެވެ.

ފިލްމުގެ ހަތް ވަނަ ބައި ކުރިން ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ ޖުލައި 23 ގައެވެ. ނަމަވެސް މިހާރު އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ނޮވެމްބަރު 19 ގައެވެ. ފިލްމުގެ ހަތް ވަނަ ބައި ފަސްކުރިއިރު ފިލްމުގެ އަށްވަނަ ބައި ރިލީޒްކުރަން ނިންމާފައިވަނީ ނޮވެމްބަރު 4، 2022ގައެވެ. އެ ބައި ކުރިން ރިލީޒްކުރަން ނިންމީ އޮގަސްޓް 5، 2022ގައެވެ.

މިޝަން އިމްޕޮސިބަލް ސީކުއަލްގެ ލީޑު ރޯލުން ފެނިގެންދަނީ ކާމިޔާބު އެކްޓަރު ޓޮމް ކްރުއިސްއެވެ. ފިލްމުގެ ހަވަނަ ބައިގައި ރެބެކާ، ސައިމަން ޕެގް އަދި ހެންރީ ހަރަކާތްތެރިވެފައިވެއެވެ.