27 Apr 2020, 17:46
ކޮރޯނާވައިރަހަށް އިތުރު ހަ މީހަކު މިއަދު ޕޮޒިޓިވްވެ، ރާއްޖެއިން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު 226 އަށް އަރައިފިއެވެ.
އެޗްޕީ އޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ހަ މީހުންގެ ތެރެގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.
މި ހަ ކޭސްއާއެކު މިއަދު ފެނުނު ކޭސްތަކުގެ އަދަދަކީ، 12 އެވެ.
މީގެ ދެ ގަޑިއެއްހާއިރު ކުރިން އެޗްޕީއޭ އިން ވަނީ މިއަދު ފުރަތަމަ ހަ މީހަކު ޕޮޒިޓިވްވެވެފައިވާކަން ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ހަތަރު ދިވެހިންނާއި ޕާކިސްތާން އަދި ބަންގްލަދޭޝް އިން އެކަކެވެ.
މިއަދު މާލެ އިން 12 ޕޮޒިޓިވް ކޭސް އެއް ފެނިފައިވާއިރު އިއްޔެ ވަނީ ރިކޯޑް އަދަދަކަށް ކޭސްތައް ފެނިފަ އެވެ. އެގޮތުން އިއްޔެ އެކަނި 73 ކޭސް ފެނިފަ އެވެ.
ރާއްޖެއިން މިހާތަނަށް ފެނުނު 226 ކޭސް ތެރޭގައި ހިމެނެނީ، 86 ދިވެހިންނާއި 137 ބިދޭސީންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި 13 ބިދޭސީންނެވެ.
އެޗްޕީއޭ އިން މިހާރު ވަނީ ކޮމިއުނީޓީ ސަވަޔަލެންސް ޓެސްޓްތަކެއް ކުރަން ފަށާފަ އެވެ. އެގޮތުން އެއްވެސް ޕޮޒިޓިވް ކޭސްތަކައި ގުޅުމެއް ނެތް، އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަނަ އެކި ގުރޫޕުތަކުގެ މިހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން އަބްދުﷲ ވަނީ ވިދާޅުވި އެވެ.
އެޗްޕީއޭ އިން މިއަދު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 6،329 ސާމްޕަލް ޓެސްޓުކުރުމަށް ވަނީ ނެގިފަ އެވެ. އޭގެ ތެެރެއިން 5،881 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ނާތީޖާ ނުލިބޭ ސާމްޕަލް ތަކުގެ އަދަދަކީ، 234 އެވެ.