ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ދިރާގު ޕޭއަށް އަމާޒުކޮށްގެން ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

މިއަހަރުގެ ރޯދަ މަސް އައީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަން ފާހަގަކޮށް ދިރާގުން ބުނީ މި އޮފާތަކަކީ މިފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ކަސްޓަމަރުންނަށް ލުޔެއް ހޯދައިދޭ އޮފާތަކެއް ކަމަށެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން

މާލެ ސިޓީ ލޮކްޑައުން ކުރުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިއެވެ. މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކުދިރާގު ޕޭމެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވެސް ދިރާގުން ވަނީ ފަހިކޮށްދީފައިއެވެ. އެސް.އެމް.އެސް. މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ #5*454* އަށެވެ.

ދިރާގު މޯބައިލް ޕޯސްޓްޕެއިޑް

ދިރާގު މޯބައިލް ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް އިތުރަށް ސޯޝަލް މީޑިއާ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މީގެ ކުރިން ވަނީ ފަށާފަ އެވެ. މިހާރު އެ ޕްރޮމޯޝަންގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރު ކުރަން ވަނީ ނިންމާފައިއެވެ.

މިހާރު ކުރިއަށް މިދާ ޕްރޮމޯޝަންގައި 10 ޖީބީ އާ ހަމަޔަށް އިތުރަށް ޑޭޓާ ލިބެ އެވެ. ދިރާގު ޕޯސްޑްޕެއިޑް 350، 550 އަދި 750 ގެންގުޅޭ ކަސްޓަމަރުންނަށް އިތުރަށް ލިބޭނީ 2ޖީބީގެ ޑޭޓާ އެވެ. ޕޯސްޑްޕެއިޑް 1000 އަށް އިތުރު 5ޖީބީ ލިބޭއިރު، ޕޯސްޑްޕެއިޑް 1700 އަށް އިތުރު 10 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބިގެން ދާނެއެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 3ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ދިރާގުން އިއްޔެ ވަނީ ތަޢާރަފުކޮށްފައެވެ. މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން ހަތް ދުވަހެވެ. މި އޮފާ ވެސް ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގު މޮބައިލް ކަސްޓަމަރުންގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހުން ފެށިގެން އެކުންފުނިން ދަނީ އިތުރަށް ޑޭޓާ ފޯރުކޮށްދެމުންނެވެ. މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މެއި މަހުގެ ނިޔަލަށް ދޭ ގޮތަށް މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ދިރާގުގެވެބްސައިޓުންބަލައިލެވޭނެ އެވެ.