އެމެރިކާގެ ނިއުޔޯކްގެ ފާމަސީތަކުގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތް ހަދަން ނިންމައިފިއެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ބޮޑަސް ފެތުރެމުންދާ ނިއުޔޯކް ސިޓީގައި ފާމަސީތަކުން ޓެސްޓް ކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް އެ ސިޓީގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ ވިދާޅުވެފައެވެ.

އެއާއެކު 5000 ފާމަސީއަކުން ދުވާލަކު 40،000 ޓެސްޓް ކުރެވޭނެކަށް ގަވަރުނަރު ވިދާޅުވިއެވެ.

ވިހި މިލިއަން މީހުން ދިރިއުޅޭ ނިއު ޔޯކްގައި އެގޮތަށް ޓެސްޓްކުރަން ހުއްދަ ދިނުމުން ބަލި ފެތުރިފައިވާ މިންވަރު ވަރަށް ރަނގަޅަށް ދެނެގަނެވޭނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޮރޯނާގެ އެންޓިބޮޑީއަށް ސްކްރީން ކުރުން ހަތަރު ހޮސްޕިޓަލްއެއްގައި އިތުރު ކުރައްވާނެކަމަށްވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު 938،000 އަށް އަރައިފައިވާއިރު ބަލި ނިއުޔޯކްގެ 53،751 އެއް މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ނިއުޔޯކްސިޓީގެ އިންޑިޕެންޑެންޓް ބަޖެޓް އޮފީހުން ބުނީ ލޮކްޑައުންއާއެކު އެ ސްޓޭޓްގެ 475،000 މީހުންގެ ވަޒީފާ ގެއްލި 10 ބިލިއަން ޑޮލަރުގެ ބަޖެޓު ޑެފިސިޓް ކުރިމަތިވެދާނެ ކަމަށެވެ.

ލޮކްޑައުންއާއެކު އެމެރިކާގެ 26 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާއިރު ބައެއް ސްޓޭޓްތަކަށް ޕްރެޝަރު ބޮޑުވެ މިދިޔަ ހުކުރު ދުވަހު ޖޯޖިއާ، އޮކޮހާމާ އަދި އެލެސްކާއިން ވަނީ ބައެއް ވިޔަފާރިތައް ހުުޅުވުމުގެ ހުއްދަ ދޭން ފަށައިފައެވެ. --- ބީބީސީ---