އެމެރިކާގެ ކާމިޔާބު އެކްޓަރު ކްރިސް ޕްރެޓް 40، އާއި އޭނާގެ އަންހެނުން ލިޔުންތެރިޔާ ކެޓްރިން ޗްވާޒެނޭގަ 30، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

މި ދަރިފުޅު ވެގެންދާނީ އެ ކައިވެންޏަށް ލިބޭ ފުރަތަމަ އަދި ކެޓްރިން އަށްވެސް ލިބޭ ފުރަތަމަ ދަރިފުޅަށެވެ. ކްރިސް ވަނީ މީގެ ކުރިން އެކްޓަރު އަނާ ފާރިސް އާއި ކައިވެނިކޮށް ދަރިއަކު ލިބިފައެވެ.

ކްރިސް އާއި ކެޓްރިން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ. އެދެތަރިން އެންގޭޖްވެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތް މަސް ދުވަސް ފަހުންނެވެ. އޭގެ ފަސް މަސް ފަހުން ދެމީހުން ވަނީ ކައިވެނިކޮށްފައެވެ.

އެކްޓަރު ކްރިސް މީގެ ކުރިން ކައިވެނިކޮށް ދަރިއެއް ލިބިފައިވާއިރު އެ ދަރިފުޅަށް މިއަހަރު އަށް އަހަރު ވާނެއެވެ. ކްރިސްގެ ދޮށީ ދަރިފުޅަށް ކިޔަނީ ޖެކްއެވެ.