27 Apr 2020, 08:41
މަންމަ މަރުވުމުން ޖަނާޒާއަށް ނުދެވުނު ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޮލީވުޑްގެ ތަރި އިރުފާން ޚާން މަންމަގެ ޖަނާޒާގައި ބައިވެރިވެއްޖެ އެވެ.
އިންޑިއާ ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ތަނަކަށް ދަތުުރު ނުކުރެވޭ ހާލަތުގައި އިރުފާން ޚާން ގެ މަންމަ ސައީދާ ބޭގަމް މަރުވިއިރު އިރުފާނަށް ވެސް މަންމަ އާ އެންމެ ފަހު ފަހަރަށް ބައްދަލުކުރުމަށް މަންމަ ގާތަށް އާދެވިފައެއް ނުވެ އެވެ. އިރުފާންގެ މަންމަ މަރުވިއިރު އުމުރަކީ 95 އަހަރެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސައީދާ ބަލިވެ އުޅުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު މަރުވީ އާދައިގެ މަރަކުން ކަމަށް ހަބަރުތައް ބުނެއެވެ.
ބަތަލު އިރުފާން ޚާނަށް ވެސް މީގެ ކުރިން ވަނީ ކެންސަރު ޖެހިފަ އެވެ. ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށްފަހު އޭނާ ވަނީ މިހާރު މުޅިން ކެންސަރު ބަލިން ސަލާމަތްވެފަ އެވެ.