26 Apr 2020, 17:11
ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު 11 މީހަކު މާލއިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 188 އަށް އަރައިފައެވެ.
މިއަދު ފަތިހު ވެސް 36 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކުރިއެވެ. އެހެންކަމުންް މިއަދު އެކަނި 47 މީހަކު މިވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.
ރާއްޖޭގެ ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާއިރު، 98 މީހުންނާ އެކު ދަތުރު ކުރި "އަމާޒު" ބޯޓުގެ ކެޕްޓަން އިއްޔެ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެ ބޯޓުން މި މަހުގެ 15 ވަނަ ދަތުރު ކުރި ދަތުރުކުރި މީހުން އެކަން އެޗްޕީއޭއަށް އަންގަން އެ އެޖެންސީއިން ވަނީ އެދިފަ އެވެ.
މި ކޭސްއާ ގުޅިގެން 13 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.