26 Apr 2020, 16:02
ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައިގަިއ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެކަކަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރު ދީ ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ނެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެކަކު ދޫކޮށްލައި އަނެކަކުގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މިއަހަރު ފާސްކުރި އެންޓި ޓެރަރިޒަމްގެ ބިލްގެ ދަށުން މީހުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކުށްކުށުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.