26 Apr 2020, 14:59
ކޮރޯނާ ވައިރަސ ނުވަތަ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީން ބަލި ޖެހިގެން ފަރުވާ ދެމުން ދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ޗައިނާއިން ބު ނީ ކޮރޯނާގެ އާ ކޭސްއެއް ވޫހާންއިން ނުފެންނާތީ ހޮސްޕިޓަލްތަކުގައި އެ ބަލި ހުރި މީހަކު ނެތް ކަމަށެވެ.
ވޫހާންއަކީ މުޅި ޗައިނާއިން ވެސް އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ފެނުނު ސިޓީ އެވެ.
އެ ސިޓީއިން އެކަނި ވެސް 46،452 ކޭސް ފެނުނެވެ. މިއީ މުޅި ޗައިނާއިން ފެނުނު ކޭސްތަކުގެ 56 ޕަސެންޓެވެ. އެންމެ ގިނަ މީހުން މަރުވީވެސް ވޫހާންއިންއެވެ. އެ ސިޓީން 3869 މީހުން މަރުވިއެވެ.
ކޮރޯނާއާ ގުޅިގެން ވޫހާންގައި ހެެދި 16 ވަގުތީ ހޮސްޕިޓަލް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ސިޓީ ލޮކްޑައުން ކުރުމަށް ފަހު ދާދި ފަހުން ވަނީ ހުޅުވާވެސްލައިފައެވެ.
އެއާއެކު އެ ސިޓީ މަޑުމަޑުން އާންމު ހާލަތަށް ދަނީ ރުޖޫއަވަމުންނެވެ.
މުޅި ދުނިޔެއިން ކޮރޯނާ ޖެހިފަިއވާ މީހުންގެ އަދަދު ތިން މިލިއަނާ ކައިރިވެފައިވާއިރު ބަލީގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ މެރުވެސްވެފައެވެ.-- އަލްޖަޒީރާ---