26 Apr 2020, 11:23
އެހެން އަހަރުތަކުގެ ރަމަޟާން މަހާ ހިލާފަށް މި އަހަރުގެ ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކުރި އިރު، ހާލަތު މިވަނީ ބަދަލުވެފައެވެ. ރައްޓެހިންނާއި އާއިލާ އާއެކު ވަގުތު ހޭދަކުރެވޭ ގޮތް ބަދަލުވެ ދުރުގައި ތިބި މީހުންނާ މުއާމަލާތް ކުރާ ވަސީލަތަކީ ފޯނާ ވީޑިއޯ ކަމުގައި މިވަނީ ވެފައެވެ. މި ހާލަތާ ގުޅިގެން ދިވެހި މުޖުތަމައު ގުޅުވާލަ ދިނުމަށް އުރީދޫ އިން މިއަހަރުގެ ރަމަޟާން މަހުވެސް ވަނީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ.
ޑެއިލީ ޑޭޓާ ކޮންބޯ
އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ އެއް ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ. އެންމެ 35 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް *929*1# އަށް ޑައިލްކޮށްލާށެވެ. ނުވަތަ http://ore.do/app އަށް ޒިޔާރަތްކޮށްލާށެވެ.
50 ޕަސެންޓް އިތުރު ޑޭޓާ
އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރަމަޟާން މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބޭނެއެވެ.
ފަސް ގުނަ ބޯނަސް ޑޭޓާ
އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާ އަށް ވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު ފަސް ގުނަ ޑެއިލީ ޑޭޓާ ބޯނަސް ލިބޭނެއެވެ.
ނަމާދު އެލާޓް، ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް
ވައިބާ އާއި އެކު އުރީދޫއިން ފޯރުކޮށްދޭ މި ހިދުމަތާއި އެކު، ނަމާދު އެލާޓް މި ރަމަޟާން މަހު ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިކަމާއި ގުޅޭ ވައިބަރ ސްޓިކާ ޕެކް ޑައުންލޯޑް ކޮށް، ނަމާދު އެލާޓް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
ނަމާދު އެލާޓު މުޅިން ހިލޭ
ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯދުމަށް “GO” ޖެހުމަށްފަހު ފަހު 4777 އަށް އެސްއެމްއެސް ކޮށްލާށެވެ. އަދި “Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިފެން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތައް ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ މި އަހަރުގެ ރަމަޟާން މަސް ވެގެންދާނީ އެންމެނަށްވެސް ވަރަށް ތަފާތު ރަމަޟާން މަހަކަށް ކަމަށެވެ. އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތްކަން ފާހަގަ ކުރައްވާ ނަޖީބް ހާން ވިދާޅުވީ މުޖުތަމައަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އުރީދޫ އިން އިސްކަންދޭ ކަމެއްކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫ މޯލްޑިވްސްއިން ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯއިން ދައްކުވައިދެނީ އުންމީދުން ފުރިގެންވާ މެސެޖެކެވެ. މިއަހަރުގެ ވީޑިއޯއިން ދައްކައިދެނީ ތަފާތު އަށް ގައުމެއްގައި، ސްމާޓްފޯނު މެދުވެރިކޮށް ނަގައިފައިވާ މަންޒަރު ތަކެކެވެ. އެންމެން އެއްތަންވެ ވަގުތުހޭދަނުކުރެވޭފަދަ ޙާލަތެއްގައިވީނަމަވެސް، ހިތްވަރުގަދަކޮށް އެ އުފާވެރިކަމާ ގާތްކަން، ޑިޖިޓަލް ނެޓްވަރކްގެ އެހީގައި އެންމެނާއި އެކު ބޭއްވޭނެކަން މުޖުތަމައުތަކަށް ހަނދާން ކޮށްދޭ މެސެޖަކާއެކުއެވެ.