26 Apr 2020, 14:17
މި ދުވަސްކޮޅު އެންމެންވެސް މި ދައްކަނީ ޚަރަދު ކުޑަކޮށް ލިބޭއެއްޗަކުން ފުއްދާލާއިން ފަރުޖައްސާލުމުގެ ވާހަކައެވެ. މުޅި މާލެއާޢި އަތޮޅުތަކުގެތެރެއިންވެސް ގިނަ ރަށްތަކެއް ލޮކްޑައުން ނުވަތަ މޮނިޓާރިންގައި އޮތް އިރު މާގިނައިން ބޭރަށް ނުގޮސް ގޭގައި ހުރި އެއްޗެހިން ފުއްދާލެވޭ، މީރު ރެސިޕީތަކެއް ހަމަގައިމުވެސް ބޭނުންވާނެ އެވެ.
މިއަދުގެ ސަން ބަދިގޭގައި އާމިނަތު ލިއުޝާ މި ތައްޔާރުކޮށްދެނީ މިފަދައިން ތައްޔާރުކޮށްލެވޭނެ ވަރަށް ފަސޭހަ ރެސިޕީއެކެވެ. ރޯދަ ވީޢްލާ ވަގުތަށް ނޫނީ ތަރާވީސް ގަޑިއަށްވެސް މި ރެސިޕީ ހަމަގައިމުވެސް ކަމުދާނެ އެވެ.
މިއަދުގެ ރެސިޕީއަކީ 'ވަން ޕޮޓް ޕާސްޓާ' އެވެ. އާއިލާގެ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ޕާސްޓާ ނުވަތަ ސްޕެގެޓި ވާނީ ކަމުދާނެ ރަހައަކަށެވެ. ތަފާތު އެތަށް ސަތޭކަގޮތަކަށް ޕާސްޓާ ތައްޔާރުކުރެވިދާނެ އެވެ. އެހެންނަމަވެސް މިއީ ވަރަށް ފަސޭހައިން ކުޑަ ވަގުތުކޮޅެއްތެރޭގައި މާގިނަ ތެލިތަށި ބޭނުންނުކޮށް ތައްޔާރުކުރެވޭނެ މީރު ޕާސްޓާއެކެވެ. މި ރެސިޕީއިން މަދުނުކޮށް މުޅި އާއިލާއަށް ކެވޭނެ އެވެ.
ބޭނުންވާ ތަކެތި
ކެޕްސިކަމް (ތުނިކޮށް ކޮށާފައި)4
- ޕާސްޓާ
- މަސްދަޅު
- 2 ފިޔާ
- 6 ލޮނުމެދު
- ހިކަނދިފަތް
- 1 ކެރެޓް
- 3 ޓޮމާޓޯ
- ތެޔޮ
- 2 މޭޒުމަތީ ސަމްސާ ސޯއީ ސޯސް
- 2 މޭޒުމަތީ ސަމްސާ އޮއިސްޓާ ސޯސް
- 3 މޭޒުމަތީ ސަމްސާ ގާލިކް ޗިލީ ސޯށް
- 3 ސްލައިސް ޗީޒް
- ލުނބޯ ހުތް (އޮޕްޝަނަލް)
ތައްޔާރުކުރާނެ ގޮތް
ފިޔާ ލޮނުމެދު ހިކަނދިފަތް ޓޯމާޓޯ އަދި ކެރެޓް ކޮށާލުމަށްފަހު ބޮޑު ތެއްޔަކަށް އަޅާލާށެވެ. އެއަށްފަހު ޕާސްޓާ ތެލީގެ ތެރެއަށް އަޅާ އެއްކޮށް ފޮރުވެންދެން ފެން އަޅާލާށެވެ. މި ރެސިޕީގައި ބޭނުންކޮށްފައިވައްތަރުގެ ޕާސްޓާ ނޫނީ ސްޕެގެޓީ ނޫނަސް އެމީހަކަށް ކަމުދާ ވައްތަރެއް ބޭނުންކުރެވިދާނެއެވެ. ރެސިޕީގައި ބޭނުންކޮށްފައިވަނީ އެލްބޯ ޕާސްޓާއާޢި ސްޕެގެޓީ އެއްކޮށެވެ.
އެއަށްފަހު މަތިޖަހާ ޕާސްޓާތައް މަޑުވަންދެން ކައްކާލާށެވެ. އެއަށްފަހު މަތިނަގާ މަސްދަޅާއި ހުރިހާ ސޯސްއަކާއި ޗީޒް އަޅާ އެއްކޮށްލާށެވެ. ސްލައިސްޑް ޗީޒް ނޫނަސް، މޮޒެރެލާ، ނުވަތަ ޕާމޭޒަން ވެސް ބޭނުންކުރެވިދާނެ އެވެ. މިކްސްކޮށްލުމަށފަހު އަނެއްކާވެސް މަތިޖަހާ ހުރިހާ ޗީޒްއެއް މެލްޓްވަންދެން ބަހައްޓާށެވެ. އޭރުން ނިމުނީއެވެ. ބޭނުންނަމަ ސާރވްކުރަމުން ލުނބޯހުތް ކޮޅެއް ޖަހާލާށެވެ.