25 Apr 2020, 21:27
ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ހާމަކުރި ގޮތުގައި މިފަހަރު ޕޮޒިޓިވްވީ އިންޑިއާގެ ދެ މީހަކާއި ލަންކާ މީހެއް އަދި ދިވެއްސެއް ކަމަށެވެ. އެއާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ، 141 އަށް އަރައިފަ އެވެ.
މިއަދު މާލެއިން ވަނީ ކޮރޯނާ ޖެހިފައިވާ އަށް ދިވެއްސަކުވެސް ފެނިފައެވެ.
އޭގެ އިތުރުން ށ. ނަރުދޫން މާލެ ދަތުރުކުރާ ބޯޓުގެ ކެޕްޓަންވެސް ވަނީ ކޮވިޑްއަސް ޕޮޒިޓިވްވެފައެވެ.
ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުންވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.
މާލެއިން ކޮރޯނާއަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހު ދިވެއްސެކެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި ކޮރޯނާ ވައިރަސް މާލޭގައި ދަނީ ފެތުރެމުންނެވެ.
ކޮރޯނާ ވައިރަސް މާލެއިން ފެނުނު ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންއަކަށް ގެންގޮސްފައެވެ. 14 ދުވަހަށް ފަހުން ލޮކްޑައުން ކުރި ނަމަވެސް އޭގެ ފަހުންވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވަނީ ދެއްވައިފައެވެ.
ކޮރޯނާ ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ރަނގަޅުވެސްވެފައެވެ.